ތާރީޚް: 25-11-2022, 20:23
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް، ބޭސިކް ފަޔަރ އެވެއަރނަސް ޕްރެކްޓިކަލް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ކ.ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ނޮވެންބަރު 24 ވަނަ ދުވަހު ހިންގި މި ސެޝަނުގައި ޕެންޝަން އޮފީހުގެ 37 މުވައްޒަފަކު ބައިވެރިވިއެވެ.
މި ސެޝަނުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނެއެވެ.
މި ސެޝަނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރމަނުންނެވެ.
© mndf 2020 | All rights reserved.