ތާރީޚް: 24-09-2022, 22:05
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ "އަވައްޓެރި ފުލުހުންގެ ހަފުތާ" ހަރަކާތްތަކުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮންޕޯނަންޓުތަކުން ބައިވެރިވެއްޖެއެވެ.
"އަވައްޓެރި ފުލުހުންގެ ހަފުތާ" ހަރަކާތްތައް މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއާއި ހުޅުމީދޫގައި ކުރިއަށް ގެންދިޔައެވެ. މިގޮތުން އައްޑޫ ސިޓީ މަރަދޫގައި ބޭއްވި ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ބައިވެރިއިރު، އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ބައިވެރިވެފައިވެއެވެ. މި ހަރަކާތްތަކުގައި ބައިވެރިވި ފަޔަރ ސްޓޭޝަންތަކުން ވަނީ އެ ސްޓޭޝަންތަކުގައި ބޭނުންކުރާ ބައެއް ވެހިކަލްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އިކުއިޕްމަންޓްތައް ހަވީރުގައި ބައިވެރިވި ކުޑަކުދިންނަށް ދައްކާލައި، ފޮޓޯ ނެގުމުގެ ފުރުސަތު ދީފައެވެ.
© mndf 2020 | All rights reserved.