ތާރީޚް: 24-09-2022, 19:47
ގދ.ތިނަދޫ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ ފަރާތުން ކުރިއަށްގެންދާ "ޑަބްލިޔުޑީސީ ހިޔަލަ އެކްސްޕޯ 2022" ގައި ބައިވެރިވާ މޯލްޑިވް ގޭސްގެ ސްޓޯލްގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން ލިކުއިފައިޑް ޕެޓްރޯލިއަމް ގޭހާ ބެހޭގޮތުން ސޭފްޓީ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
ސެޕްޓެންބަރު 24 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސޭފްޓީ އެވެއަރނެސް ސެޝަންގައި އެ ރަށުން 50 މީހަކު ބައިވެރިވިއެވެ. މި ސެޝަންގައި، ކެއްކުމަށް ބޭނުންކުރާ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް ބޭނުންކުރުމުގައި ރައްކާތެރިވާން ޖެހޭ ކަންކަމާ ބެހޭގޮތުން ވަނީ ބައިވެރިންނަށް މަޢުލޫމާތު ދީފައެވެ.
ސޭފްޓީ އެވެއަރނެސް ސެޝަންގެ ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިންނެވެ.
© mndf 2020 | All rights reserved.