ތާރީޚް: 24-09-2022, 19:46
ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މިއަދު މާލެ ގެނެސްދީފިއެވެ.
އުމުރުން 52 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު 16:16 ހާއިރުއެވެ.
© mndf 2020 | All rights reserved.