ތާރީޚް: 24-09-2022, 14:20
އަފީފުއްދީން ސްކޫލުގެ ސްޓާރ ދަރިވަރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަަށް ޒިޔާރަތްކޮށްފިއެވެ.
އެ ސްކޫލުގެ ދަރިވަރުން މިއަދު ކުރި ޒިޔާރަތުގައި، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ދައްކާލައި، އެ އާލާތްތަކާ ބެހޭ މަޢުލޫމާތު ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ހަށިގަނޑުގައި އަލިފާން ރޯވެއްޖެ ހާލަތެއްގައި، ރައްކާތެރިވުމުުގެ ގޮތުން ހަރަކާތްތެރިވާނެގޮތުގެ ޑެމޮންސްޓްރޭޝަން ހުށަހަޅައިދީ، އަލިފާނުގެ ހާދިސާއިން ރައްކާތެރިވާނެ ގޮތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދަރިވަރުންނަށް ވަނީ ދައްކާލާފައެވެ.
އަފީފުއްދީން ސްކޫލުގެ 59 ސްޓާރ ދަރިވަރުން ބައިވެރިވި މި ޒިޔާރަތުގައި، މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނެވެ.
© mndf 2020 | All rights reserved.