ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ތާރީޚް: 18-08-2022, 19:54


ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި އަންހެނަކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އުމުރުން 58 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު 17:43 ހާއިރުއެވެ.