ބާ ޖަމާލުއްދީން ސްކޫލު ތެރޭގައި ރޯވި އަލިފާން އެފްއާރުއެސްއިން ނިއްވާލައިފި

ތާރީޚް: 18-08-2022, 01:46


ބާ ޖަމާލުއްދީން ސްކޫލު ތެރޭގައި ހުރި ކުނިތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން ހަރަކާތްތެރިވެ، އަލިފާންގަނޑު ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިރޭ 22:51 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން، ކުނިތަކުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިރޭ 23:28 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.