ދޯންޏެއްގެ ބައެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަން

ތާރީޚް: 16-08-2022, 23:00


ގދ. ތިނަދޫ ބޭރުން މަސް ދޯންޏެއްގެ ބައެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.


މަސްދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައި ވަނީ ގދ. ތިނަދޫއާ ދިމާ ބޭރުން ހުޅަނގަށެވެ. އެހެން ކަމުން އެ ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއްދެއްވުމަށް ވެސް ދަންނަވަމެވެ.