މ.ހާމަނި ފުރަތަމަ ފަންގިފިލާގައި ހުރި ގުދަނެއްގަ ރޯވި އަލިފާން ނިއްވާލައިފި

ތާރީޚް: 15-08-2022, 23:05


މ.ހާމަނި ފުރަތަމަ ފަންގިފިލާގައި ހުރި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިރޭ 21:30 ހާއިރު އެމްއެންޑީފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުން ހަރަކާތްތެރިވެ، ގުދަނުގައި ރޯވެފައި ހުރި އަލިފާން މިރޭ 21:38 ހާއިރު ވަނީ ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.