ހެންވޭރު ގެއެއްގައި ރޯވި އަލިފާން ސިފައިން ނިއްވާލައިފި

ތާރީޚް: 21-10-2021, 14:00


ހ.ދޮންޖޭމުގެ އާގޭ ފަސްވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްެއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 13:29 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ ގުޅިގެން ވަގުތުން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން އެގެއަށް ގޮސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 13:44 ހާއިރުއެވެ.

މި ހާދިސާގައި އެ ފަންގިފިލާގައި ހުރި ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު އެއްވެސް މީހަކަށް މިހާދިސާގެ ސަބަބުން އަނިޔާއެއް ލިބިފައި ނުވެއެވެ.