ގ.ފީރޯޒް ލޮޖް އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ރޯވި އަލިފާން އެފްއާރުއެސްއިން ނިއްވާލައިފި

ތާރީޚް: 20-10-2021, 18:10


ގ.ފީރޯޒް ލޮޖް އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެފްއާރުއެސް ކޮންޓްރޯލް ރޫމަށް މި ހާދިސާގެ ރިޕޯޓް މިއަދު 16:49 ހާއިރު ލިބުމާ އެކު، އެފްއާރުއެސްގެ ފަޔަރމަނުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި ފަޔަރމަނުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 17:09 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.