ޏ.ފުވައްމުލަކު އެއަރޕޯޓުގައި ކުރިއަށްގެންދިޔަ

ތާރީޚް: 19-10-2021, 17:50


ޏ.ފުވައްމުލަކު އެއަރޕޯޓުގައި މިއަދު ކުރިއަށްގެންދިޔަ "ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް"ގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ބައިވެރިވެއްޖެއެވެ.

މި އެކްސަސައިޒަކީ، އިމަޖެންސީ ހާލަތްތަކުގައި ކަނޑައަޅާފައިވާ ޕްލޭންއާ އެއްގޮތަށް ޢަމަލުކުރާ މިންވަރު ދެނެގަތުމަށް ޏ.ފުވައްމުލަކު އެއަރޕޯޓުން ކުރިއަށްގެންދިޔަ އެކްސަސައިޒެކެވެ.

ފުވައްމުލަކު އެއަރޕޯޓްގައި އިމަޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވާނެ ގޮތްތައް ފަރިތަކުރުމުގެ ގޮތުން ހިންގި މި އެކްސަސައިޒްގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ޏ.ފުވައްމުލަކު ޕޯސްޓްގެ ހުރިހާ ސިފައިން ބައިވެރިވިއެވެ.