ބަލި ދެ މީހަކު ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު މާލެ ގެނެސްދީފި

ތާރީޚް: 19-10-2021, 00:25


ބަލި ދެ މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ސީ އެމްބިއުލެންސްގައި މާލެ ގެނެސްދީފިއެވެ.

މާލެ ގެނެސްދީފައިވަނީ ޅ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ 66 އަހަރުގެ އަންހެނަކާއި، ކ.ކާށިދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ 51 އަހަރުގެ ފިރިހެނެކެވެ.

ޞިއްޙީ އަވަސް ފަރުވާއަށް މި ދެ މީހުން މާލެ ގެނެސްދީފައިވަނީ މި މީހުން ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމުންނެވެ.

ކޯސްޓްގާޑު ސީ އެމްބިއުލެންސްގައި މި ދެ މީހުން މާލެ ގެނެސްދީފައިވަނީ މިރޭ 23:50 ހާއިރުއެވެ.