އުނގޫފާރު ހޮސްޕިޓަލުގައި އޮތް ބަލި މީހަކު އެމްއެންޑީއެފް ޑޯނިއަރގައި މާލެ ގެނެސްދީފި

ތާރީޚް: 18-10-2021, 14:15


ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު، އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިއަދު (18 އޮކްޓޫބަރު 2021) މާލެ ގެނެސްދީފިއެވެ.

އުމުރުން 79 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރު ލަފާދެއްވުމާ ގުޅިގެންނެވެ.

މި ބަލި މީހާ ރ.އުނގޫފާރުން ސީއެމްބިއުލޭންސްގައި ރ.އިފުރު އެއަރޕޯޓަށް ގެންގޮސް އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ގެނެސްފައިވަނީ މިއަދު 11:40 ހާއިރުއެވެ.