INSIGNIA

badge

ދައުލަތުގެ ނިޝާން ރަމްޒުކޮށްދެނީ، ދިވެހި ދައުލަތަށް ތެދުވެރިކަމާއި އަދި ވަފާތެރިކަންމަތީ ސިފައިން ދެމިތިބިކަން
އައްޑަނަ ރަމްޒުކޮށްދެނީ، ޤައުމު ދިފާޢުކުރުމުގައި ކާބަފައިން ކޮށްފައިވާ މަތިވެރިޖިހާދާއި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ސިފައިން ދެމިތިބިކަންް
ބުރުޒު ރަމްޒުކޮށްދެނީ، ޤައުމުގެ ދިފާޢުއާއި ޤައުމީ ސަލާމަތަށްޓަކައި، އަބަދުވެސް ތައްޔާރުގައި ސިފައިން ތިބިކަން
ނަގިލި ރަމްޒުކޮށްދެނީ، ދިވެހިރާއްޖޭގެ ކަނޑުތަކާއި، އެކަނޑުތަކުގައިވާ ގުދުރަތީ ވަސީލަތްތައް ޙިމާޔަތް ކުރުމުގައި ސިފައިން ދެމިތިބިކަން
ކައްތިރިކުރެވިފައިވާ ދެކަނޑި ރަމްޒުކޮށްދެނީ އިސްލާމްދީނާއި ޤައުމު، ޤާނޫނު އަސާސީއާއި ރައްޔިތުން އަދި މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ސިފައިން ތިބިކަން
ރިބަންފައް ރަމްޒުކޮށްދެނީ، ދިވެހި ސިފައިންގެ މޮޓޯ


ބެޖްގައި ހިމެނޭ ކުލަތައް ރަމްޒުކޮށްދޭ މާނަ

އައްޑަނައިގެ ކްރިސްޓަލް ބްލޫ – ރަމްޒުކޮށްދެނީ، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ޙިމާޔަތް ކުރުމުގައި ސިފައިން ދެމިތިބިކަން
އައްޑަނައިގެ ވަށައިގެން ދަމާލެވިފައިވާ ތިންކުލަ: އެޕަލްގްރީން، މެރިންބްލޫ އަދި ހުދުކުލަ ރަމްޒުކޮށްދެނީ، އެއްގަމާއި ކަނޑާއި އަދި ވައިގެ ޚިދުމަތް
ބުރުޒުގައިވާ ތިންކުލަ : ފެހި، ރަތް އަދި ހުދުކުލަ ޤައުމީ ދިދައިގާ މާނަކޮށްފައިވާ ގޮތަށް ހިމެނިފައިވާ މިތިންކުލަ ރަމްޒުކޮށްދެނީ، ސިފައިންގެ ހިތްތަކުގައިވާ ޤައުމީ ވަންތަކަމާއި، ވަޠަނީ ލޯބި
ބެޖުގައި ހިމެނޭ ރަންކުލައާއި ރިހިކުލަ: ރަމްކޮށްދެނީ، ދިވެހި ޤައުމުގެ ފާގަތިކަމާއި، ކުރިއެރުމާއި، ތަރައްޤީއަށް މަގުފަހި ކޮށްދިނުމުގައި ސިފައިން ދެމިތިބިކަން