Activities for August 2008

Sun
Mon
Tue
Wed
Thu
Fri
Sat
31
1
5
6
7
8
9
10
11
12
13
15
16
18
19
20
21
22
23
24
25
26
27
28
29
30
ގޭތެރޭގެ ރައްކާތެރިކަން

އަލިފާނުގެ ޙާދިސާތަކުން ތިކުދިން ދިރިއުޅޭ ގެ ރައްކާތެރިކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ތިރީގައި އެވަނީ ތިކުދިންނަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ކުޅެ އުޅޭއިރު ރައްކާތެރިވުން

ގޭގައި ހުންނަ ތަފާތު އެއްޗެއްސާއި ކުޅެ ހެދުމަކީ ވަރަށްވެސް ފޫހިފިލާ މަޖާ ކަމެކެވެ. އެހެންނަމަވެސް ތިހުރިހާ ކުދިންނަށްވެސް އިނގެންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް ވެއެވެ. މިގޮތުން ތިކުދިން އެއްގޮތަކަށްވެސް ކޮންގެން ނުވާނެ 06 ކަމެއް ތިރީގައިވާ ފޮޓޯގައި ފާހަގަކޮށްފައިވާނެއެވެ. ތިކުދިންނަށް އަޅެ މި ކަންތައްތައް ހޯދިދާނެތަ؟

  1. އުއް ބައްތި ދޮރުފޮތިގަނޑު ކައިރީގައި ބެހެއްޓުން
  2. ޓޯސްޓަރު މަތީ ފޮތްފަދަ ތަކެތި ބެހެއްޓުނ
  3. އަލިފާން ފޮއްޓާއި ކުޅުން
  4. ސޮކެޓް އޯވާލޯޑް ކުރުން
  5. ކަރަންޓް ނަރުގެ ދާފަރާ ކެނޑިފައި ހުއްޓާ ބޭނުންކުރުން
  6. އުނދުން މައްޗަށް ފޮތުގަނޑު އެއްލާލާފައި ބޭއްވުނ

ކުޅޭ ސާމާނު ކުޅެ ނިމުމުން ރައްކާކުރުން

ރައްޓޭހި ކުދިންނާއިއެކު ކުޅެ ހެދުމަކީ އަހަރެންވެސް ވަރަށް ކުރާހިތްވާ ކަމެއް. ބައެއްފަހަރު އަހަރުމެން ކުޅެނިންމާލާއިރު މުޅިތަކުގައި އޮންނާނީ ހުސް ކުޅޭ އެއްޗެހި އަދި މަންމަ ބުނާނެ ކުޅޭ އެއްޗެހިތައް ނަގާ ރައްކާކުރަން. އަހަރެން އެހާ ކުރާހިތްވާ ކަމެއްނޫން އެއީ އެކަމު ކުޅެ ނިންމުމަށްފަހު ކުޅޭ އެއްޗެހިތައްނަގާ ރައްކާކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް. އެހެންނޫނީ ކުޅޭ އެއްޗަކަށް އެރި އެއެތި ހަލާކުވުމުގެ އިތުރުން އަނިޔާއެއްވެސް ލިބިދާނެ.

ޚާއްސަކޮށް ރޭގަނޑު ވަގުތު އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭއިރު ގެއިން ވަރަށް އަވަހަށް ނުކުންނަށްޖެހޭނެ. މިފަދަ ޙާލަތެއްގައިވެސް މުޅިތަނަށް ކުޅޭ އެއްޗެހިތައް އުކާލާފައި އޮތުމުގެ ބަދަލުގައި ރީއްޗަށް އެއްތަނަކަށްލާ ފޮރުވާފައި ހުންނަނަމަ ފަސޭހައިން ނުކުމެވޭނެ. އަދި އެއްޗެއްގައި އަޅައިގަނެ ވެއްޓުން ފަދަ ކަންތައްތަކުން ރައްކާތެރިވެސްކޮށްދޭނެ.

ގެއިން އަވަހަށް ނުކުތުން

ގޭގައި އުޅެނިކޮށް އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ވީހާވެސް އަވަހަކަށް ގެއިން ނުކުންނާތި. އެއްވެސް އެއްޗެއް ހޯދުމަށް ވިޔަސް އަދި އެނޫންކަމަކަށްވިއަސް ގޭގައި އެއްގޮތަކަށްވެސް އެއްވެސް ކުއްޖަކު މަޑު ނުކުރާތި.

އިވެކުއޭޝަން ޕްލޭން

ޕްލޭން ކުރުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. އަދި އެއީ ވަރަށް މަޖާވެސް ކަމެކެވެ. ގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ އަމަލު ކުރަންވީގޮތުގެ ޕްލޭނެއް ހަދާފައި ބޭއްވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ސަލާމަތުން ނުކުމެގެން ދިއުން

ތިކުދިންނަށް އިނގޭތަ ތިކުދިންގެ ގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ސަލާމަތުން ނުކުމެގެންދާނެ ގޮތް؟

އަޅެ ގޭގައި އުޅޭ ބޮޑެތި މީހުންގާތު އަހާލަބަލަ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކޮންގޮތަކަށްތޯ ގެއިން ނުކުމެގެންދާނީ؟ ތިކުދިން ބޭނުމިއްޔާ މިމަގު ފާހަގަވާގޮތަށް ކުރަހާލާފައި އެންމެންނަށް ފެންނާނޭހެން ރައްކާތެރިތަނެއްގައި ބޭންދިދާނެ. އޭރުން އެންމެންނަށްވެސް އިނގޭނެ އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ނިކުމެގެންދާނެ ގޮތް.

ތިރީގައި އެވަނީ ތިކުދިންގެ އަމިއްލަ އެސްކޭޕް ޕްލޭންނެއް ހެދުމަށް ބޭނުންކުރެވިދާނެ ކުރެހުމެއް. މިކުރެހުން ބޮޑުމީހަކުލައްވާ ޕްރިންޓްކޮށްލުމަށްފަހު އޭގައި ތިކުދިންގެ ގޭގެ ޗާރޓެއް ކުރަހާލާ. އަދި އެއަށް ފަހު ދޮރާއި ކުޑަދޮރާއި ނިދާ ކޮޓަރި ފަދަ ތަންތަން ފާހަގަކޮށްލާ. ތިކުދިންގެ 01 ބުރިއަށްވުރެ އުސްނަމަ ކޮންމެ ފަންގިފިލައަކަށް މީގެ ގަނޑެއް ބޭނުން ކުރެވިދާނެ. އެއަށްފަހު އެންމެންނަށް ފެންނާނޭހެން ރައްކާތެރިތަނެއްގައި ބަހައްޓާ.

އަދި ހަނދާންކުރާތި ދޭތެރެދޭތެރެއިން މިޕްލޭނާއި އެއްގޮތަށް ޕްރެކްޓިސް ކުރަން. އޭރުން ތިކުދިންނަށް ގެއިން ނުކުމެވެނީ ކިހާ ވަގުތެއްގެ ތެރޭގައިތޯ އެނގޭނެ. ގިނައިން ޕްރެކްޓިސް ކުރިވަރަކަށް ތިކުދިންނަށް ނިކުމެވޭލެއްވެސް އަވަސްވާނެ.

DOWNLOAD PLAN PDF

ދޮރުގެ ތަޅުދަނޑިތައް

ކުޑަދޮރު އަދި ބޮޑުދޮރު ތަޅުލާފައި ހުންނަނަމަ ތަޅުދަނޑިތައް ބަހައްޓާފައި ހުންނަތަން ތިކުދިން ދަސްކުރަންވާނެއެވެ. ބޮޑު މީހަކު ގާތުގައި އަހައިގެން ތިކުދިން ދަސްކުރަންވާނެއެވެ. އެހެނީ އަލިފާނުގެ ޙާދިސާއެއްގައި އަވަހަށް ދޮރު އަދި ކުޑަދޮރު ހުޅުވޭނީ އޭރުންނެވެ.

ތިކުދިންއުޅޭ ގޭގެ އެޑްރެސް ބުނެދޭން އެނގުން

ތިކުދިންނަށް އިނގޭތަ ތިކުދިން އުޅޭ ގޭގެ އެޑްރެސް ބުނެދޭން؟ ގޭގެ އެޑްރެހާއި މެދު ޝައްކުވަންޏާ ބޮޑު މީހަކު ގާތުގައި އަހައިގެން ނަމަވެސް ދަސްކުރަންވާނެއެވެ. އަދި ބާރަށް އެޑްރެސް ކިޔަން ދަސްކުރާށެވެ. އެއީ ތިކުދިން އަލިފާނުގެ ޙާދިސާއެއްގައި 118 އަށް ގުޅާއިރު ގޭގެ އެޑްރެސް ބޭނުންވާނެތީއެވެ.

އެއްވާ ތަން

ގޭގައި ހިނގާ އަލިފާނުގެ ޙާދިސާއެއްގައި ގެއިން ނުކުމެގެން ދެންދާނީ ކޮންތާކަށްކަން ތީގެ ތެރެއިން އެއްވެސް ކުއްޖަކަށް އެނގޭތަ؟

މިގޮތުން ގެއިން ނުކުމެގެން ދެންދާނެތަނެއް ކުރީބައިގައި ކަނޑައަޅާފައި އޮތުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ސަބަބަކީ އަލިފާނުގެ ޙާދިސާއާއި ގުޅިގެން ޢާއްމުކޮށް ބޭނުންކުރާ ދޮރުތަކުގެ ބަދަލުގައި އެހެން ދޮރު އަދި ކުޑަދޮރު ތަކެއް ބޭނުން ކުރަންޖެހިދާނެތީއެވެ.

ބޮޑު މީހަކުގާތު އަހައިގެން މިކަން އޮޅުން ފިލުވަންވާނެއެވެ. އަދި އެއްވާތަން އެސްކޭޕް ޕްލޭންގައި ފާހަގަ ކުރާށެވެ. އޭރުން އެންމެނަށްވެސް އެތަނަށް ދިއުމަށް އެނގޭނެތީއެވެ.

118 އަށް ގުޅުން

ތިކުދިންނަށް އިނގޭތަ 118 އަށް ގުޅަން؟ ހަދާންކުރާތި، 118 އަށް ގުޅަންވާނީ ނުރައްކާތެރި ޙާދިސާއެއް ހިނގައިގެން. އަދި 118 އަށް ގުޅުމަށް ފަހު އޮޕަރޭޓާރ އަހާ ސުވާލުތަކަށް ޖަވާބު ދޭންވާނެއެވެ. މިގޮތުން ތިކުދިންނަށް އިނގެންޖެހޭ މަޢުލޫމާތުގެ ތެރޭގައި:

  1. އަލިފާން ރޯވެފައިވަނީ ކޮންއެއްޗެއްގައިކަން
  2. ގޭގެ އެޑްރެސް
  3. ގޭތެރޭގައި އެއްވެސް މީހަކު ވޭތޯ

ގެއިން ނުނިކުމެވިއްޖެނަމަ

އަލިފާނުގެ ޙާދިސާއެއްގައި ތީގެ ތެރެއިން އެއްވެސް ކުއްޖަކަށް ނުނިކުމެވި ތާށިވެއްޖެނަމަ:

  1. އެހެން ތަންތަނަށް ނުގޮސް ކޮޓަރި ތެރޭގައި މަޑުކުރުން
  2. ބޮޑު ދޮރު ލެއްޕުމަށްފަހު ފޮތިގަނޑަކުން ދޮރުގެ ދަށުން ދުން ނުވަންނާނެހެން ބަންދު ކުރުން
  3. ކޮޓަރި ތެރޭގައި އަލަމާރި ތެރެއަށް ވަދެ ނަމަވެސް އެއްވެސް ގޮތަކަށް ނުފިލުން
  4. ކުޑަ ދޮރު ހުޅުވާ އެހީއަށް އެދި ހަޅޭއްލެވުން.

އަލިފާންނިވާ މީހުން އައިސް ތިކުދިން ސަލާމަތުން ނެރެދޭނެއެވެ.

އަލިފާނާއި ދުމުގެ ނުރައްކާ

އަލިފާނާއި ދުން ހުރެއްޖެނަމަ އެތަނަކުން ވީހާވެސް އަވަހަކަށް ނުކުންނަށް ޖެހޭނެއެވެ. ތިރީގައި މިވާގޮތަށް ތިކުދިން ޢަމަލު ކުރާށެވެ.

އެލާރމް އެޅުން

ތީގެ ތެރެއިން އެއްވެސް ކުއްޖަކަށް ދުންވަސް ދުވައިފިނަމަ ނުވަތަ އަލިފާން ފެނިއްޖެނަމަ ނުވަތަ ފަޔަރ އެލާރމްގެ އަޑު އިވިއްޖެނަމަ "އަލިފާން" މިހެން ކިޔާ ހަޅޭއްލަވާށެވެ. ތިކުދިންނަށް ހަޅޭއްލެވުނު އެންމެ ބާރަކަށް ހަޅޭއްލަވަން ވާނެއެވެ. އަދި ބޮޑު މީހަކަށް މިކަން ވީހާވެސް އަވަހަކަށް އެންގޭތޯ ބަލަންވާނެއެވެ.

އަވަހަށް ނުކުތުން

އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ވީހާވެސް އަވަހަކަށް ގެއިން ނުކުންނާށެވެ. އެއްވެސް އެއްޗެއް ނެގުމަށްޓަކައި މަޑުނުކުރާށެވެ.

118 އަށް ގުޅުން

118 އަށް ގުޅާ އެޑްރެސް ބުނުމަށްފަހު އަލިފާން ރޯވެފައިވަނީ ކޮން އެއްޗެއްގައިކަން ބުނެދޭށެވެ. ގޭގައި ފޯނެއް ނެތްނަމަ ޖެހިގެން ހުރި ގެއަށް ވަދެ ގުޅާށެވެ.

އަނބުރާ ގެއަށް ނުވަނުން

ގޭތެރޭގައި އެންމެ ކުޅޭހިތްވާ ކުޅޭއެތި ބާއްވާފައި ނިކުމެވުނު ނަމަވެސް އޭތި ނެގުމަށްޓަކައި އެއްވެސް ހާލެއްގައި ގޭތެރެއަށް ވަދެގެން ނުވާނެއެވެ.

އަލިފާން ވަރަށްވެސް އަވަހަށް ބޮޑުވެގެން ދެއެވެ. ހަމަ އެންމެ 05 މިނެޓްތެރޭ ކުޑަ ކުޑަ އަލިފާނެއް ބޮޑު އަލިފާންގަނޑަކަށް ބަދަލުވެގެން ދެއެވެ.

އެހެންކަމުން އަބަދުވެސް އަލިފާނާއި ދުރުގައި ހުރުމަށް ސަމާލްވާންޖެހޭނެއެވެ.

ބިންމަތީގައި ފިރުކިފައި ދިއުން

ގޭތެރޭގައި ގިނައިން ދުން ހުރިކަމަށްވަނީނަމަ ވީހާވެސް ބޮޑަކަށް ތިރިވެގެން ފިރުކިފައި ދާށެވެ. އަލިފާން ރޯވުމުން އަރާ ދުން ދަތުރުކުރާނީ މައްޗަށެވެ. އެހެންކަމުން ތިރިވެގެން ދިއުމުން ނޭވާލާން ފަސޭހަވެފައި އަދި ދެވޭ ނުދެވޭ ގޮތް ފެންނާނެއެވެ.

ކުޑަ ދޮރުން ނުކުތުން

ތިކުދިންނަށް ދޮރުން ނުކުމެވޭނެ އެއްވެސް ގޮތެއް ނެތްނަމަ ކުޑަ ދޮރެއް އިން ކޮޓަރިއަކަށް ދާށެވެ. އަދި އެކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ދޮރު ދަށުން ދުމަށް ނުވަދެވޭނެހެން ފޮތިގަނޑަކުން ބަންދުކުރާށެވެ. އަދި އެއަށްފަހު ކުޑަ ދޮރު ހުޅުވުމަށްފަހު އެހީއަށް އެދި ހަޅޭއްލަވާށޭވެ.

ނުފިލުން

އެއްވެސް ހާލެއްގައި އެނދުދަށަށް ނުވަތަ އަލަމާރި ތެރެއަށް ވަދެ ނަމަވެސް ފިލައިގެން ނުވާނެއެވެ. އަލިފާންނިވާ މީހުން ތިކުދިން ސަލާމަތް ކުރުމަށް އަންނައިރު ތިކުދިން ފަސޭހައިން ފެންނާނޭހެން ކުޑަ ދޮރުކައިރީގައި މަޑުކުރާށެވެ.

ހުއްޓި، ވެއްޓި ފުރޮޅުން

ތިކުދިންގެ ހެދުމުގައި އަލިފާން ހިފައިފިނަމަ ހުއްޓި، ވެއްޓި އަދި ފުރޮޅިގަންނާށެވެ. ހެދުމުގައި އަލިފާން ރޯވެއްޖެނަމަ:

  1. ދުއްވައި ނުގަތުން – ދުއްވައި ގަނެފިއްޔާ އަލިފާނަށް އިތުރު އޮކްސިޖަން ލިބި ގަދަޔަށް އަނދަން ފަށާނެއެވެ. ބިންމައްޗަށް ވެއްޓިގަތުން – ބިންމަތީގައި އޮށޯންނާށެވެ.
  2. ބިންމައްޗަށް ވެއްޓިގަތުން – ބިންމަތީގައި އޮށޯންނާށެވެ.
  3. ފުރޮޅި ގަންނާށެވެ – ފުރޮޅި ގަތުމުން އަލިފާންނަށް ބޭނުންވާ އޮކްސިޖަން ބަންދު ކުރެވޭނެއެވެ.

ހެދުމުގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށްޓަކައި ބޯފޮތިގަނޑެއް ނުވަތަ ފަޔަރ ބްލޭންކެޓެއް ބޭނުން ކުރެވިދާނެއެވެ.

ފަޔަރ އިމަރޖެންސީ ނަމްބަރ 118

އަހަރުމެން 118 އަށް ގުޅުމުން އަލިފާންނިވާ މީހުން އައިސް އަލިފާންނިއްވާލާ މީހުންނާއި ކުދިން ސަލާމަތްކޮށްދެއެވެ. ތީގެ ތެރެއިން އެއްވެސް ކުއްޖެއްގެ ގޭގައި އަލިފާން ރޯވެއްޖެނަމަ ލަސްނުކޮށް 118 އަށް ގުޅަންވާނެއެވެ. އަދި ތިކުދިން 118 އަށް ގުޅުމަށްފަހު ދޭންޖެހޭ މައުލޫމާތު ތަކަކީ:

  1. އަލިފާން ރޯވެފައިވަނީ ކޮން އެއްޗެއްގައި ކަން
  2. ތިކުދިންގެ ގޭގެ އެޑްރެސް
  3. ގޭތެރޭގައި އެއްވެސް މީހަކުވޭތޯ

ހެދުމުގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށްޓަކައި ބޯފޮތިގަނޑެއް ނުވަތަ ފަޔަރ ބްލޭންކެޓެއް ބޭނުން ކުރެވިދާނެއެވެ.

ތިހުރިހާ ކުދިންނަށްވެސް އިނގޭދޯ 811 އަށް ގުޅަން؟

އަލިފާން ފޮއްޓާއި ލައިޓަރު

އެއްވެސް ކުއްޖަކު އަލިފާން ފޮށި އަދި ލައިޓަރާއި ކުޅެހަދައިގެން ނުވާނެއެވެ. އަލިފާން ފޮއްޓެއް އަދި ލައިޓަރެއް ތީގެ ތެރެއިން އެއްވެސް ކުއްޖަކަށް ފެނިއްޖެނަމަ އަވަހަށް ބޮޑު މީހަކާއި ހަވާލުކުރާށެވެ.