Activities for November 2008
Sun |
Mon |
Tue |
Wed |
Thu |
Fri |
Sat |
30 |
1 |
|||||
2 |
3 |
4 |
5 |
6 |
7 |
8 |
9 |
11 |
12 |
13 |
14 |
15 |
|
16 |
17 |
18 |
19 |
20 |
21 |
22 |
23 |
24 |
25 |
26 |
27 |
28 |
29 |
Fire Evecuation drill held for the Students of Imaadhudheen School
އަލިފާން ރޯވާގޮތް
އަލިފާން ފެތުރޭގޮތް
އަލިފާން ނިވޭގޮތް
އަލިފާނުގެ ކްލާސްތައް
އަލިފާންނިވި
އަލިފާންނިވި ބޭނުން ކުރުމުގައި ސަމާލްކަން ދޭންޖެހޭ ކަންތައްތައް
6002 ވަނަ އަހަރު ފަޔަރ އެވެއާރނަސް ހިންގައި ދެވިފައިވާ ފަރާތްތައް
ރޯވާ ތަފާތު އަލިފާން ނިއްވުމަށްޓަކައި ތަފާތު ކްލާސްތަކަށް އަލިފާން ރޯވާއެއްޗެއްގެ ގޮތުން ބަހާލެވިފައިވެއެވެ. މިގޮތުން ރާއްޖޭގައި 05 ކްލާހެއް ބޭނުން ކުރެވެއެވެ.
ކްލާސް – އޭ : ހަރުތަކެތީގައި ރޯވާއަލިފާން. މިސާލު: ލަކުޑި، ކަރުދާސް
ކްލާސް – ބީ : ދިޔާ ތަކެއްޗާއި ދިޔާ ތަކެއްޗަށް ބަދަލުވާ ހަރުތަކެތީގައި ރޯވާ އަލިފާން. މިސާލު: ޕެޓްރޯލް، ޑީސަލް، ކެރޮސީން، ތާރު ކުނާ
ކްލާސް – ސީ : ގޭހުގައި ރޯވާ އަލިފާން. މިސާލް: އެސެޓްލީން، މީތޭން
ކްލާސް – ޑީ : މަޢުދަނާއި މަޢުދަން ކުނޑީގައި ރޯވާ އަލިފާން. މިސާލް: ޕޮޓޭސިއަމް، ސޯޑިއަމް
ކްލާސް – އީ : ކަރަންޓްގައި ރޯވާ އަލިފާން
އަލިފާންނިވި އަކީ މީހުން ދިރިއުޅޭ ތަންތަނާއި، މީހުން މަސައްކަތްކޮށްއުޅޭ ތަންތަނާއި އަދި މީހުން އެއްވެ އުޅޭ ތަންތަނުގައި ހިނގާ އަލިފާނުގެ ޙާދިސާތައް ވަގުތުން ކޮންޓްރޯލްކޮށް އަވަހަށް ނިއްވާލުމަށްޓަކައި ފަސޭހައިން ނެގޭގޮތަށް އެތަންތަނުގައި ބެހެއްޓުމަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އަލިފާންނިވީގެ ތަފާތު 05 ވައްތަރެއް ހުރެއެވެ.
- ފެން އަލިފާންނިވި
- ސީ.އޯ.ޓޫ އަލިފާންނިވި
- ޑީ.ސީ.ޕީ އަލިފާންނިވި
- ފޯމް އަލިފާންނިވި
- ހޭލޯން އަލިފާންނިވި
ފެން އަލިފާންނިވީގެ ކުލައަކީ ރަތް ކުލައެވެ. ފެން އަލިފާންނިވި ބޭނުންކުރަން އެންމެ ރަނގަޅީ ކްލާސް – އޭ އަލިފާނަށެވެ. އަދި ފެން އަލިފާންނިވި އެއްވެސް ހާލެއްގައި ކްލާސް – ބީ އަދި ކްލާސް – އީ އަށް ބޭނުންކޮށްގެން ނުވާނެއެވެ. މާނައަކީ ތެލާއި ކަރަންޓްގައި ރޯވާ އެއްވެސް އަލިފާނަކަށް ފެން އަލިފާންނިވި ބޭނުންކޮށްގެން ނުވާނެއެވެ.
ސީ.އޯ.ޓޫ އަލިފާންނިވީގެ ކުލައަކީ ކަޅު ކުލައެވެ. ސީ.އޯ.ޓޫ އަލިފާންނިވި ބޭނުންކުރަން އެންމެ ރަނގަޅީ ކްލާސް – އީ ނުވަތަ ކަރަންޓްގައި ރޯވާ އަލިފާނަށެވެ. އެއީ ކަރަންޓް ހުއްޓަސް ސީ.އޯ.ޓޫ ބޭނުން ކުރެވޭނެތީއެވެ. އަދި ސީ.އޯ.ޓޫ އަލިފާންނިވީގެ ސަބަބުން ތަން ހަޑިއެއްވެސް ނުވާނެއެވެ. ނަމަވެސް ކަރަންޓްގައި ރޯވާ އަލިފާން ނިއްވުމުގައި އަބަދުވެސް އެންމެ ރައްކާތެރި ގޮތަކީ އަލިފާންނިއްވުމުގެ ކުރިން ކަރަންޓް ކަނޑާލުމެވެ.
ޑީ.ސީ.ޕީ ނުވަތަ ޑްރައި ކެމިކަލް ޕައުޑަރ އަލިފާންނިވީގެ ކުލައަކީ ނޫ ކުލައެވެ. މިވައްތަރު އަލިފާންނިއްވަކީ އަލިފާން ނިއްވުމަށް އެންމެ ކުޅަދާނަ އެއްވައްތަރެވެ. ވަރަށް ފަސޭހައިން އަލިފާން ނިއްވާލަދެއެވެ. ނަމަވެސް މިވައްތަރުގެ އަލިފާންނިވީގެ ސަބަބުން ލިބޭ ގެއްލުން ތަކެއްވެސް ހުރެއެވެ. ޑީ.ސީ.ޕީ އަކީ އޭގެ ޒާތުގައި ގޮދަން ފުށްހެން ކުނޑިތަކެއްގެ ސިފައިގައި ބޭރުވެގެން ދާއެއްޗެކެވެ. އަދި ޑީ.ސީ.ޕީ އިލެކްޓްރޯނިކްސް އައިޓަމް ހުންނަ ތަނެއްގެ ތެރޭގައި ބޭނުންކޮށްފިނަމަ އިލެކްޓްރޯނިކް އައިޓަމްސް ތަކުގެ ތެރެއަށް ވަދެ މިތަކެތި ދަބަރުގެ ސަބަބުން ހަލާކުވުން އަވަސްވެދެއެވެ. އަދި އޭގެ އިތުރުން ޑީ.ސީ.ޕީ ބޭނުންކޮށްފިނަމަ މުޅިތަން އޮންނާނީ ހަޑިވެފައެވެ. އެހެން ކަމުން މިވައްތަރުގެ އަލިފާންނިއްވަކީ ގޭގޭގައި ބަހައްޓަށް އެހާ ރަނގަޅު ވައްތަރެއް ނޫނެވެ. ނަމަވެސް މިވައްތަރުގެ އަލިފާންނިވި ކަނޑު މަތީ އުޅަނދު ފަހަރުގައާއި އަދި އެންޖީން ރޫމް ފަދަ ތަންތަނުގައި ރޯވާ އަލިފާން ނިއްވުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ.
ފޯމް އަލިފާންނިވީގެ ކުލައަކީ ކްރީމް ކުލަ އެވެ. ފޯމް އަލިފާންނިއްވަކީ ކްލާސް – ބީ ނުވަތަ ތެލުގައި ރޯވާ އަލިފާނަށް ޚާއްޞަ އެއްޗެކެވެ. ފޯމް އަލިފާންނިވި އެއްވެސް ޙާލެއްގައި ކްލާސް – އީ ނުވަތަ ކަރަންޓްގައި ރޯވާ އަލިފާނަށް ބޭނުންކޮށްގެން ނުވާނެއެވެ. ސަބަބަކީ ފޯމް ތައްޔާރުކޮށްފައި ހުންނަނީ ފޯމް ސޮލިއުޝަން އާއި ފެން އެއްކޮށްގެން ކަމަށް ވާތީއެވެ.
ހޭލޯން އަލިފާންނިވީގެ ކުލައަކީ ފެހި ކުލައެވެ. މިވައްތަރުގެ އަލިފާންނިއްވަކީ މިހާތަނަށް އަލިފާންނިއްވުމަށް އުފެއްދުނު އެންމެ ކުޅަދާނެ އެއްޗެވެ. ނަމަވެސް މިވައްތަރުގެ އަލިފާންނިވި މިހާރު ބޭނުމެއް ނުކުރެވެއެވެ. ސަބަބަކީ ހޭލޯންގެ ސަބަބުން ޖައްވަށް ވިހަ ގޭސްތައް ބޭރުވެ އޯޒޯން ފަށަލަ ތުނިވުމާއި އަދި ދުނިޔެ ހޫނު ވުމުގެ މައްސަލައަށް އެހީތެރިވެދޭތީއެވެ. އަދި ހޭލޯން އަކީ މޮންޓްރިއޯލް ޕްރޮޓޮކޯލްގެ ދަށުން ބޭނުން ކުރުން މަނާ އެއްޗެކެވެ.
އަލިފާންނިވި ބޭނުންކުރުމުގައި ސަމާލްކަން ދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. މިގޮތުން އެންމެ މުހިންމު އެއް ކަމަކީ ރޯވެފައިވާ އަލިފާނަކާއި ގުޅޭ ވައްތަރުގެ އޭޖެންޓެއް ބޭނުން ކުރުމެވެ. އެހެން ގޮތަކަށް ބުނަނީނަމަ ރަނގަޅު ވައްތަރުގެ އޭޖެންޓެއް ނުވަތަ އަލިފާންނިއްވެއް ބޭނުން ކުރުމެވެ. ހަމަމިއާއިއެކު ވަރަށް އަނެއްކަމަކީ އަލިފާންނިވި ބޭނުން ކުރުމުގައި ވަޔާއި އެއްކޮޅަށް ބޭނުން ކުރުމެވެ. އަލިފާންނިވި ބޭނުންކުރަން ވާނީ އަލިފާނުގެ ސަބަބުން ގެއްލުމެއް ނުވާހާ ދުރުން އަދި ފުރިހަމަ ކަމާއިއެކު އަލިފާން ނިއްވާލެވޭހާ ކައިރިންނެވެ. މާދުރުން ނުވަތަ މާކައިރިން ބޭނުންކޮށްގެން ނުވާނެއެވެ. އަލިފާންނިވި ބޭނުން ކުރާއިރު އަލިފާން ނިވެމުންދާ މިންވަރު ބަލަންވާނެއެވެ. އަދި ނިވެމުންދާވަރަކަށް އަލިފާނާއި ކައިރިވަމުންވެސް ދާންވާނެއެވެ. ރޯވެފައިވާ އަލިފާން އެކުގައި ނިވިއްޖެކަން ޔަޤީން ކުރަން ވާނެއެވެ. އަދި އަލިފާން ނިއްވާލެވުނު ކަމުގައި ވިއަސް އަލުން ރޯވެދާނެ ކަމަށް އަބަދުވެސް ވިސްނަން ވާނެއެވެ.









