Activities for August 2008

Sun
Mon
Tue
Wed
Thu
Fri
Sat
31
1
5
6
7
8
9
10
11
12
13
15
16
18
19
20
21
22
23
24
25
26
27
28
29
30
2 އަލިފާން ރޯވާގޮތް

އަލިފާން ރޯވުމަށް 03 އެއްޗެއް ބޭނުންވެއެވެ. އެއީ އޮކްސިޖަން، ދަރު އަދި ހޫނެވެ. މިތިނެއްޗަށް ފަޔަރ ޓްރެއިންގަލް އޭވެސް ކިޔައެވެ. އޮކްސިޖަން އަހަރުމެންނަށް ވައިން ލިބެއެވެ. ވައިގައި އޭގެ ނިސްބަތުން %21 އަކީ އޮކްސިޖަންއެވެ. ރޯވާ އަދި އަނދާ ކޮންމެ އެއްޗަކީ ދަރެވެ. މިގޮތުން ދަރު 03 ޒާތަކަށް ހުރެއެވެ. އެއީ ހަރު އެއްޗެއްގެ ގޮތުގައި (މިސާލަކަށް: ކަރުދާސް، ލަކުޑި)، ދިޔާ އެއްޗެއްގެ ގޮތުގައި (މިސާލަކަށް: ޕެޓްރޯލް، ޑީސަލް) އަދި ގޭހެއްގެ ގޮތުގައި (މިސާލަކަށް: ކައްކާ ގޭސް) އެވެ. އަލިފާން ރޯވުމަށް ބޭނުންވާ ތިންވަނަ އެތި ކަމުގައިވާ ހޫނު ލިބޭ ވަރަށްގިނަ ގޮތްތައް ހުރެއެވެ. މިގޮތުން ހޫނު ލިބޭ ގޮތްތަކުގެ ތެރޭގައި އިރާއި، ކަރަންޓާއި، ހޮނު އެޅުމުންނާއި އަދި ދެއެއްޗެއް ކާރުވައިގެން ލިބޭ ހޫނު ހިމެނެއެވެ. ވިސްނަންވީ ކަމަކީ މިތިނެތި އެކަށީގެންވާ މިންވަރަށް ލިބުމުން މެނުވީ އަލިފާން ރޮލެއްނުވާނެކަމެވެ. ޢާއްމުކޮށް އަހަރުމުން މިއުޅޭ މާހައުލުގައި އޮކްސިޖަނާއި ދަރު ހުރެއެވެ. އަދި ކޮންމެވެސް ވަރަކަށް ހޫނުވެސް ހުރެއެވެ. ނަމަވެސް މިހޫނަކީ އަލިފާންރޯވުމަށް ބޭނުންވާ ހޫނަށްވުރެ ދަށް ހޫނެކެވެ. ކޮންމެ އެއްޗެއްގައިވެސް އަލިފާން ރޯވަނީ އެއަށް ވަކިވަރަކަށް ހޫނު ލިބުމުންނެވެ. ނުވަތަ އޭގެ ފިނި ހޫނުމިން ވަކި މިންވަރަކަށް އުފުލުމުންނެވެ. މިފިނިހޫނު މިނަށް ކިޔަނީ އިގްނިޝަން ޓެމްޕަރޭޗަރ އެވެ. ތަފާތު ތަކެތީގެ އިގްނިޝަން ޓެމްޕަރޭޗަރވެސް ތަފާތެވެ. މިގޮތުން އިގްނިޝަން ޓެމްޕަރޭޗަރ މަތި އެއްޗެއްސައްވުރެ (މިސާލަކަށް ލަކުޑި) އަށް ވުރެ އިގްނިޝަން ޓެމްޕަރޭޝަރ ދަށް އެއްޗިހީގައި (މިސާލަކަށް ޕެޓްރޯލް) އަލިފާން ރޯވާލެއް އަވަސް ވެފައި ނުރައްކާކަންވެސް ބޮޑެވެ.

3 އަލިފާން ފެތުރޭގޮތް

އަލިފާނެއް ރޯވުމަށްފަހު އެއަލިފާން އަބަދުވެސް މަސައްކަތްކުރަނީ ފެތުރުމަށެވެ. މިގޮތުން އަލިފާން ފެތުރެނީ ހޫނުގެ ޒަރިއްޔާއިން ނެވެ. މިސާލަކަށް ތިރީގައިވާ މަންޒަރަށް ބަލަމާ ހިނގާށެވެ. އެމަންޒަރުން ފެންނަ 2 ގޮނޑީގައި އަލިފާން ރޯނުވަނީ އޭގެ އިގްނިޝަން ޓެމްޕަރޭޝަރ އަށް ނުދާތީއެވެ. މިތަނުން އެއް ގޮނޑިއަށް އަހަރުމެން ހޫނުކޮށްފިނަމަ އޭގެ ޓެމްޕަރޭޗަރ މަތިވަމުންގޮސް އިގްނިޝަން ޓެމްޕަރޭޝަރ އަށް އެރުމުން އޭގައި އަލިފާން ރޯވާނެއެވެ. އަދި މިގޮތަށް އިރުކޮޅެއް ވަންދެން ބަހައްޓައިފިނަމަ ފުރަތަމަ ރޯވި ގޮނޑިން ދެވަނަ ގޮނޑިއަށް އަލިފާން ފެތުރޭ ތަން ފެންނާނެއެވެ. ދެވަނަ ގޮނޑީގައި ރޯނުވެ ހުރީ އެއަށް ބޭނުންވާ ވަރަށް ހޫނު ނެތީމައެވެ. ނަމަވެސް އޭގައި އަލިފާން ރޯވީ ފުރަތަމަ އަލިފާން ރޯވި ގޮނޑީގެ ސަބަބުން ދެވަނަ ގޮނޑިއަށް ހޫނު ދަތުރުކުރުމުގެ ސަބަބުންނެވެ. އެހެންކަމުން އަލިފާން ފެތުރެވީ ހޫނުގެ ޒަރިއްޔާއިންކަން އަހަރުމެންނަށް އިނގެއެވެ.

  1. ހޫނު ދަތުރުކުރާ ގޮތްތައް
  2. ހޫނު އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ 03 ގޮތެއް އޮވެއެވެ. އެއީ ކޮންޑަކްޝަން، ކޮންވެކްޝަން އަދި ރޭޑިއޭޝަން އެވެ.

  3. ކޮންޑަކްޝަން
  4. ކޮންޑަކްޝަން އަކީ ހޫނު އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގެ ޤާބިލްކަން ލިބިފައިވާ އެއްޗެއްގެ ތެރެއިން ހޫން ދަތުރު ކުރުމެވެ. މިސާލަކަށް ސަމްސަލެއްގެ އެއްކޮޅުގައި އަތުން ހިފަހައްޓައިގެން ހުރެ އަނެއްކޮޅަށް ލައިޓަރަކުން ހޫނު ކޮށްފިނަމަ އިރުކޮޅަކުން ސަމުސަލުން އަތް ދޫކޮށްލަށް ޖެހެއެވެ. މިހެން ދިމާވަނީ ކޮންޑަކްޝަންގެ އެހީގައި ހޫނު ދަތުރުކުރުމުގެ ސަބަބުންނެވެ. މިގޮތަށް ހޫނު ޢާއްމުގޮތެއްގައި ދަތުރުކުރާނީ ހަރު ތަކެތީގައެވެ.

  5. ކޮންވެކްޝަން
  6. ކޮންވެކްޝަން އަކީ އަނދަ އަނދާ ހުންނަ އާވިން ނުވަތަ އޭގެން ފައިބައިގެންވާ ދިޔާ ތަކެތީގެ އެހީގައި ހޫނު އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމެވެ. މިގޮތަށް ހޫން ދަތުރުކުރާ ނީ ދިޔާ ތަކެއްޗާއި އަދި ގޭހުގައެވެ.

  7. ރޭޑިއޭޝަން
  8. ރޭޑިއޭޝަން އަކި ހޫނު ގަދަ އެއްޗަކުން ދޯދި ތަކެއްގެ ސިފައިގައި ހޫނު އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމެވެ. މިގޮތަށް ހޫނު އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށްޓަކައި އެއްވެސް ކަހަލަ މީޑިއަމް އެއް ބޭނުމެއް ނުވެއެވެ. މާނައަކީ ހަރު އެއްޗެއް، ދިޔާ އެއްޗެއް އަދި ގޭހެއް ނެތްނަމަވެސް ރޭޑިއޭޝަންގެ އެހީގައި ހޫނު ދަތުރުކުރާނެކަމެވެ.

4 އަލިފާން ނިވޭގޮތް

އަލިފާން ނިއްވުމަށްޓަކައި ކުރަން ޖެހޭކަމަކީ އަލިފާން ރޯވުމަށް ބޭނުންވާ ތިނެތީގެ ތެރެއިން ކޮންމެވެސް އެއްޗެއް ނައްތާލަނީއެވެ. މިގޮތުން އަލިފާން ނިއްވުމަށްޓަކައި އަހަރުމެންނަށް މަސައްކަތް ކުރެވިދާނެ މައިގަނޑު 03 ގޮތެއް އޮވެއެވެ.

  1. ރިމޫވިންގ ފިއުލް / ދަރު ނައްތާލުން
  2. އަލިފާން ރޯވުމަށް ބޭނުންވާ އެކަތި ކަމުގައިވާ ދަރު ނައްތާލެވިއްޖެނަމަ އަލިފާން ނިވޭނެއެވެ. މިގޮތުން ދަރު ނައްތާލުން ނުވަތަ ބަނޑަށް ޖެއްސުން ހިމެނެއެވެ. ދަރު ނައްތާލުމަކީ އަލިފާން ރޯވެފައިވާ އެތީގެ ސަބަބުން ކައިރީގައި ހުރި އެހެން އެއްޗިއްސަށް އަލިފާން ނުފެތުރެނީސް ރޯވެފައިވާ އެތި ދުރުކުރުން ނުވަތަ ނައްތާލުމެވެ. ހަމަ މިގޮތުން ކުރެވިދާނެ އަނެއްކަމަކީ ބަނޑަށް ޖެއްސުމެވެ. އެއީ އަލިފާން ރޯވެފައިވާ އެތި ބެހެއްޓުމަށްފަހު ކައިރީގައި ހުރި އެހެން އެއްޗެހިތައް ދުރުކުރުމެވެ. އަދި މިހެން ހެދުމުން އަލިފާން ރޯވެފައިވާ އެތި އަނދާ ހުލިވެގެން އަލިފާންނަށް އިތުރަށް ކާނާ ނުލިބުމުގެ ސަބަބުން އަލިފާން ބަނޑަށްޖެހި ނިވިގެންދާނެއެވެ.

  3. ރިޑިއުސިންގ އޮކްސިޖަން / އޮކްސިޖަން ބަންދު ކުރުން
  4. ރޯވެފައިވާ އަލިފާނެއް ނިވިގެންދާނެ ދެވަނަ ގޮތަކީ އެއަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމެވެ. އެހެން ކަމުން އަލިފާން ނިއްވުމުގައި އަލިފާންނިވާ ރަޖާ ނުވަތަ ކާބަންޑައިއޮކްސައިޑް އަލިފާންނިވި ބޭނުން ކުރުމުން އޮކްސިޖަންގެ ކަންސެންޓްރޭޝަން ދަށްވެ އަލިފާންނިވެއެވެ. %11 ނުވަތަ %14 އަށްވުރެ އޮކްސިޖަން މަދު މާހައުލުތަކުގައި އަލިފާނެއް ރޮލެއްނުވާނެއެވެ.

  5. ކޫލިންގ / ފިނި ކުރުން
  6. އަލިފާނެއް ނިއްވާލުމުގައި އެންމެ އިފެކްޓިވް އެއްގޮތަކީ ފިނި ކުރުމެވެ. މިގޮތުން ފިނި ކުރުމުގައި ބޭނުން ކުރެވޭ އެންމެ މުހިންމު އެއް ވަޞީލަތަކީ ފެނެވެ. ފެނަކީ އޭގެ ސްޕެސިފިކް ހީޓް ކެޕޭސިޓީ ވަރަށް މަތީ އެއްޗަކަށް ވުމުގެ ސަބަބުން ފެން އާތްވަށް ބަދަލުވެގެން ދާއިރު އަލިފާންނި ވަރަށް ގިނަ ޢަދަދަކަށް ހޫނު ފެނަށް ދަމައިގަނެއެވެ. މިހެން ވުމުގެ ސަބަބުން އިސާހިތަކު ފިއުލްގެ ޓެމްޕަރޭޝަރ އިގްނިޝަން ޓެމްޕަރޭޗަރ އަށް ވުރެ ދަށް ކޮށްލައެވެ. އަދި އެހާހިސާބުން އަލިފާންވެސް ނިވިގެން ދެއެވެ.