ފަހުގެ ޚަބަރު
ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެދަޢުވަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ،އޭސިއަން ޝޫޓިންގ ކޮންފެޑަރޭޝަންގެރައީސް ހިޒްއެކްސަލަންސީ ޝެއިޚް ސަލްމާން އަލް ސަބާޙް ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޭޖަރ ޖެނެރަލް މުހައްމަދު ޒާހިރުއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލްސެކިއުރިޓީ އޮނަރަބަލް އަލްފާޟިލް އިސްމާޢީލް ޝަފީޢުއާއި މިއަދު ބައްދަލްކުރައްވައިފިއެވެ. ސިފައިންގެ މައިމަރުކަޒުގައި މިއަދު މެންދުރުކުރީގައި ވަކިވަކިންބޭއްވުނު މި 20 ބައްދަލްކުރެއްވުމުގައިވެސް ރާއްޖޭގެ ޝޫޓިންގ ކުރިއެރުވުމާއިމެދުގަޔާއި އަދި އެކިރޮނގުރޮނގުންދެފަރާތުގެ އެއްބާރުލުން އިތުރުކުރެވުމާއިމެދު މަޝްވަރާކުރެވުނެވެ.
ޝެއިޚް ސަލްމާން އަލް ސަބާޙް ގެ މިދަތުރުފުޅުގައި މިއަދުމެންދުރު މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އަށާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށްވެސް ވަނީ ޒިޔާރަތްކުރަށްވާފައެވެ. މީގެއިތުރުން މިއަދު މެންދުރުފަހު ގިރިފުށީ ޝޫޓިންގ ރޭންޖްވެސް ޝެއިޚް ސަލްމާން އަލް ސަބާޙް ވަނީ ބައްލަވާލައްވާފައެވެ.
News, OCS 02/07/08
ރޯޔަލް އައިލެންޑް ރިސޯޓުގެ އެދިލެއްވުމަކަށް އެ ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިމަހުގެ 82-92 އަށް މެރިޓައިމް ސޭފްޓީ އެވެއަރނެސް ޕްރޮގްރާމެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ފަރާތުން ހިންގަވައިފި. މި ޕްރޮގްރާމަކީ، ކަނޑުމަތީގެ ދަތުރު ފަތުރު ކުރުމުގެ ތެރޭގައި ދިމާވާ ޙާދިސާ ތަކުން މީހުން ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރާނެ ގޮތްތަކާއިބެހޭ މަޢުލޫމާތުދީ، ޢަމަލީގޮތުން މިކަމާއިގުޅޭ ކަންތައްތައް މި ރިސޯޓުގެ މުޥައްޒަފުންނަށް އުނގަންނައި ދިނުމަށްޓަކައި ދެދުވަހުގެ މުއްދަތައް ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ހިންގިފައިވާ ތަމްރީން ޕްރޮގްރާމެއް. މިތަމްރީން ޕްރޮގްރާމުގައި ހިމެނިގެން ވޯޓަރ ރެސްކިއު، ނިޔަމި ކަމާއި ޗާރޓުގެ މަސައްކަތް، ސީމަންޝިޕް، އިމަރޖެންސީ ފަސްޓް އެއިޑް އަދި ރެސްކިއު ސްވިމިންގ އާއި ރެސްކިއު ޓެކްނިކްސް މިތަމްރީނުގެ ބައިވެރިންނަށް އުނގަންނައިދެވިފައިވޭ. މިތަމްރީން ޕްރޮގްރާމްގައި ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖުމްލަ 52 މުވައްޒަފުން ބައިވެރިވެފައިވޭ.
News, CG 01/07/08
ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 42 ގަޑިއިރުތެރޭގައި 40 ހާދިސާއެއްގެ ރިޕޯރޓް ކޯސްޓްގާޑަށްވަނީ ލިބިފައެވެ. އެގޮތުން މިސްރާބު އޮޅުމުގެ ހާދިސާއަކާއި ކަނޑުގަދަވުމުގެ ސަބަބުން ދަތުރުނުކުރެވޭވަރުވެގެން ލިބިފައިވާ 20 ރިޕޯޓަކާއި ދޯންޏެއް އަޑިއަށް ގޮއްސައިވާކަމުގެ ރިޕޯރޓެއްވެސް ކޯސްޓަގާޑަށް ލިބިފައިވެއެވެ. ކުރިޔަށް އޮތް 42 ގަޑިއިރުތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަކުރާނެކަމަށް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން މަޢުލޫމާތު ދެއްވައެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 04 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރަށްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މޫސުމާއި ބެޙޭ މަޢުލޫމާތު ހޯއްދަވައިގެން ދަރުތަށް ރޭއްވެވުމަށް ކޯސްޓަގާޑުން އިލްތިމާސްކުރަށްވައެވެ. މީގެ އިތުރުން ފަޅުތެރޭގައްޔާއި ފަޅުބޭރުގައި އަޅާފައިވާ އުޅަނދު ފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް މޫސުމުގެ ސަބަބުން ދިމާވެދާނެ ހާދިސާތަކަށް ސަމާލުކަން ދެއްވުމަށް ކޯސްޓަގާޑުން އިލްތިމާސް ކުރައްވައެވެ. އަދި ރޭގަނޑު ދަތުރުކުރައްވާނަމަ މޫސުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުމާއި މުދާ އުފުލާ އުޅަނޑުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރެއްވުމާއި ދަތުރުކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމާއި ހުރިހާ އުޅަނދެއްގައިވެސް ދިޔަހިއްކާނެ ނިޒާމެއް ބެހެއްޓުމަށް ސަމާލްކަންދެއްވުމަށާ އަދި މިނޫނަސް ކަނޑުދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކުރުމަށްޓަކައި ހެދިފައިވާ ޤަވައިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއި އެކު ދަތުރުތަށް ރޭވެވުމަށްވެސް ކޯސްޓްގާޑުން އިލްތިމާސްކުރަށްވައެވެ.
News, CG 01/07/08
8002 މޭ 32 ވަނަ ދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ އެދި ވަޑައިގަތުމަށް މާލޭ ލޯކަލް މާރުކޭޓްގެ ދެކުނުން އޮތް ހުސްބިމުގައި އަލަށް އިމާރާތްކުރެވި ލޯކަލްމާރުކޭޓަށް އިތުރު ކުރެވުނު ބައިގެ މަސައްކަތް ނިންމާ 8002 ޖޫން 92 ވަނަ ދުވަހު ވަނީ ހޯމް މިނިސްޓްރީއާއި ހަވާލުކުރައްވާފައެވެ. ދިގުމިނުގައި4.23 މީޓަރ ފުޅާމިނުގައި 6.9 މީޓަރ ހުންނަ މިއިމާރާތަކީ ހޯމް މިނިސްޓްރީން ތަކެތިދެއްވައިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ފަރުމާކޮށްގެން ތައްޔާރު ކުރެވުނު އިމާރާތެކެވެ. މިއިމާރާތުގެ ހުރިހާ މަސައްކަތްތައްވެސް ކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުންނެވެ. މިތަންހެދުމުގެ މަޤްޞަދަކީ ރާއްޖެތެރެއިން ގެންނަ މުދާ ވިއްކަން ތިބުމަށް ދަތިތަކެއް ކުރިމަތި ވަމުންދާތީ އެކަން ހައްލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. މި މަސައްކަތަކީ ސިފައިން ކުރަމުންދާ އިޖުތިމާއީ މަސައްކަތް ތަކުގެތެރޭން ކުރެވުނު މަސައްކަތެވެ.
News, MPS 01/07/08
އޭޝިއަން ޝޫޓިންގ ކޮންފެޑަރޭޝަންގެ ރައީސް ހިޒް އެކްސަލަންސީ ޝެއިޚް އަލް ސަބާޙް ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ. މާލޭ އިންޓަރނޭޝަނަލް އެއަރ ޕޯރޓުން އޭނާއަށް މަރުޚަބާ ދެންނެވީ ޝޫޓީންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޭޖަރ ޖެނެރަލް މުހައްމަދު ޒާހިރުއާއި އެސޯސިއޭޝަންގެ އިސްވެރިންނެވެ. މީނާގެ މިދަތުރުފުޅަކީ ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅެކެވެ.
News, MPS 01/07/08
8002 ޖޫން 72 ވަނަ ދުވަހު ހއ. ހޯރަފުށިން ގެއްލުނު އެރަށުގެ އަހިމާގޭ އަލްފާޟިލް ޢީސާ އަލީ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިއަދު ހެނދުނު ފެނިއްޖެއެވެ. މީނާ ފެނިފައިވަނީ މިއަދު ހެނދުނު ގާތްގަޑަކަށް 03:80 ހާއިރު ހއ. ގައްލަންދޫ އިތުރުފަރާތު ގޮޑުދޮށަށް ލައްގާފާއިވަނިކޮށް އެރަށުގައި މަސައްކަތް ކުރަންގޮސް ތިބި ބިދޭސީ ދެމީހަކަށެވެ. މީނާ ފެނިފައިވާ ކަމުގެ މަޢުލޫމާތު އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ލިބުމާއި ގުޅިގެން މީނާ ހޯދުމަށް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ގައްލަންދޫ ކައިރިއަށް ދިޔުމަށްފަހު ޝަހީދު އަލީގެ ޑިންގީގައި ކޯސްޓްގާޑް ޓީމެއްވަނީ ގައްލަންދޫއަށް ފައިބާފައެވެ. އަދި ގައްލަންދޫއަށް ލައްގާފައިވާ ހަށިގަނޑަކީ ޢީސާ އަލީގެ ހަށިގަނޑުކަން ޔަޤީން ކުރުމަށް ފަހު މިއަދު ވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ހަވާލުކުރެވިފައެވެ.
News, CG 29/06/08
ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓްގެ އެދިލެއްވުމަކަށް އެރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިމަހުގެ 12-02 އަށް މެރިޓައިމް ސޭފްޓީ އެވެއާރނަސް ޕްރޮގްރާމެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ފަރާތުން ހިންގަވައިފިއެވެ. މިޕްރޮގްރާމަކީ، ކަނޑުމަތީގެ ދަތުރު ފަތުރު ކުރުމުގެ ތެރޭގައި ދިމާވާ ހާދިސާތަކުން މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތް ކުރާނެ ގޮތްތަކާއިބޭހޭ މަޢުލޫމާތުދީ، ޢަމަލީގޮތުން މިކަމާއިގުޅޭ ކަންތައްތައް މިރިސޯޓުގެ މުވައްޒަފުންނަށް އުނގަންނައިދިނުމަށްޓަކައި ދެ ދުވަހުގެ މުއްދަތަށް ވަން އެންޑް ރީތިރަށް ރިސޯޓުގައި ހިންގިފައިވާ ތަމްރީން ޕްރޮގްރާމެކެވެ. މިތަމްރީން ޕްރޮގްރާމްގައި ހިމެނިގެން ވޯޓަރ ރެސްކިއު، ނިޔަމި ކަމާއި ޗާރޓްގެ މަސައްކަތް، ސީމަންޝިޕް، ނިޔަމިކަމުގައި ބޭނުންކުރާ އިކުއިޕްމަންޓްސް، އިމަރޖެންސީ ފަސްޓް އެއިޑް އަދި ރެސްކިއު ސްވިމިންގ އާއި ރެސްކިއު ޓެކްނިކްސް މިތަމްރީނުގެ ބައިވެރިންނަށް އުނގަންނައިދެވިފައިވެއެވެ. މިތަމްރީން ޕްރޮގްރާމްގައި ވަން އެންޑް ރީތިރަށް ރިސޯޓުގެ 32 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
News, CG 22/06/08
އާދިއްތަ، 51 ޖޫން 8002
"މިއީ އަހަރުމެންގެ ފަހަރު" އޭ ބުނެ، ވަރުގަދަ ޢަޒުމަކާއެކު ސާފްޗެމްޕިއަން ޝިޕް 8002 ގެ ތަށި އުފުލާލަން ނިކުތް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް، އެ މުބާރާތުގެ ތަށި މި ފަހަރު ތިޔަ އުފުލާލީ، މި މުބާރާތް ހުޅުވި މެޗުންފެށިގެން، މިރޭ ކުޅުނު ފައިނަލް މެޗްނިމެންދެންވެސް، ދިވެހި ޤައުމީ ފުޓްބޯޅަޓީމް ކުޅުނު ހުރިހާ މެޗްތަކެއްގައި އާދަޔާ ޚިލާފު ފެންވަރު ރަގަޅު ތަފާތު އަދި މޮޅުކުޅުމެއްދައްކައިދީފައެވެ. ދިވެހިން އެތައް ދުވަހެއް ވަންދެން ކުރަމުން އައި ފޮނި އުއްމީދުތައް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މިފަހަރު ޙަޤީޤަތަކަށްވީ، ދިވެހި ފުޓް ބޯޅަ ޓީމް މިފަހަރުގެ މުބާރާތް ކާމިޔާބުކުރުމަށް ކުރި އާދަޔާ ޚިލާފް ހިތްވަރާ ދެއްކި ހުނަރުވެރި ކުޅުމުންކަން ޔަގީނެވެ. ޤައުމީ ޖޯޝާ ޤައުމީ ފޯރީގައި ޤައުމަށް ރީތިނަން ހޯދައިދޭން ޢަޒުމް ކަނޑައަޅައިގެން ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިންނާ ޓީމްގެ މެނޭޖްމަންޓުން ކުރި ބުރަމަސައްކަތުންނެވެ. ތިޔަ ކުޅަދާނަ، ހުނަރުވެރި ޓީމް ދިވެހި ޤައުމަށް ތިޔަ ހޯދަދިން ރީތި ނަމާއި ފަޚުރާ ޝަރަފަކީ ކުޅިވަރުގެ ދާއިރާއިން އަދި މިހާތަނަށް ދުވަހަކުވެސް ރާއްޖެއަށް ޙާޞިލްވެފައިނެތް މަތިވެރި މަޤާމެކެވެ.
ދިވެހި ޤައުމީ ފުޓްބޯޅަޓީމް ސާފް ޗެޕްމިއަން ޝިޕް 8002 ގެ ޝަރަފްވެރި ރަންތަށި އުފުލާލަން ކުރި މަސައްކަތުގެ ތެރެއިން މުޅި ޤައުމުގައި މިއަދު މިވަނީ ޤައުމީ އެއްބައިވަންތަކަމުގެ އައުކުރިތަކެއް ފަޅުވާ، ޤައުމީ ރޫޙާއި ޤައުމީ ޖޯޝާއި ފޯރި މުޅިޤައުމުގައި އިތުރަށް އާލާކޮށްދީފައެވެ. ދިވެހި ޤައުމީ ފުޓްބޯޅާ ޓީމް މި މުބާރާތުގެ މެޗުތައް ދަނޑުމަތީގައި ކުޅެމުންދިޔައިރު، ތިޔަ ޓީމްގެ ފަހަތުގައި 21 ވަނަ ކުޅުންތެރިއެއްގެ ގޮތުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ޓީމަށް ދެމުންދިޔަ ތަރުޙީބާ ސަޕޯޓަކީވެސް މިފަހަރު ފެނިގެންދިޔަ އާދާޚިލާފް ނަމޫނާ މިސާލެއްކަން ޔަގީނެވެ.
އެހެން ކަމުން އާދަޔާ ޚިލާފް ހުނަރުވެރި މޮޅުކުޅުމެއް ދެއްކުމަށްފަހު، ސާފް ޗެމްޕިއަން ޝިޕް 8002 ގެ ތަށި ދިވެހި ޤައުމީ ފުޓްބޯޅަޓީމް، ރާއްޖެއަށް ހޯދައިދީ، ޤައުމަށް ތިޔަ ހޯދައިދިން ރީތިނަމާ މަތިވެރިޝަރަފަށްޓަކައި، އަދި ދިވެހި ރައްޔިތުންގެ ހިތްތަކަށް ތިޔަ ގެނެސްދިން އުފާވެރިކަމަށްޓަކައި، ދިވެހި ސިފައިންނާއި ދިވެހި ސިފައިންގެ ޢާއިލާތަކުގެ ފަރާތުން، ދިވެހި ޤައުމީ ފުޓްބޯޅަޓީމްގެ ކުޅުންތެރިންނަށާ މެނޭޖްމަންޓަށާއި އަދި ހުރިހާ އޮފިޝަލުންނަށް، ވަރަށް ހޫނު ތަހުނިޔާ އަކާ މުބާރިކް ބާދީއެއް އަރިސްކޮށް، އިޚްލާޞްތެރިކަމާއެކު ފަށްފަށުން ސާބަސް ތަކުރާރު ކުރަމެވެ.
އަޅުގަނޑުމެން ދިވެހި ސިފައިންގެ ދުޢާއަކީ ދިވެހި ޤައުމީ ފުޓް ބޯޅަޓީމުގެ ހުނަރާ ފެންވަރު މިހާރަށްވުރެވެސް އިތުރުވެ، ތިޔަ ޓީމްގެ ފަރާތުން އިތުރު ކާމިޔާބީތަކާއި ރީތި ނަން މި ޤައުމަށް ލިބިގެން ދިއުމެވެ.
މިރޭ ދިވެހި ޤައުމީ ފުޓްބޯޅަޓީމް، ދިވެހި ޤައުމަށް ތިޔަ ހޯދައިދިން ރީތިނަމާ ފަޚުރާ ޝަރަފަށްޓަކައި، އަދިވެސް އެއްފަހަރު އައްސަރިބަހާ ސާބަސް ރައްދުކުރަމެވެ.
ކުރިއަށް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް – ކުރިއަށް ދިވެހި ޤައުމު!
News, OCS 14/06/08
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެދިލެއްވުމަކަށް އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިމަހުގެ 20 - 30 އަދި 90 – 01 ޖޫން ގައި މެރިޓައިމް ސޭފްޓީ އެވެއާރނަސް ޕްރޮގްރާމެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ފަރާތުން ހިންގަވައިފިއެވެ. މިޕްރޮގްރާމަކީ، ކަނޑުމަތީގެ ދަތުރު ފަތުރު ކުރުމުގެ ތެރޭގައި ދިމާވާ ހާދިސާތަކުން މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތް ކުރާނެ ގޮތްތަކާއިބޭހޭ މަޢުލޫމާތުދީ، ޢަމަލީގޮތުން މިކަމާއިގުޅޭ ކަންތައްތައް މިކުންފުނީގެ މުވައްޒަފުންނަށް އުނގަންނައިދިނުމަށްޓަކައި ހަތަރު ދުވަހުގެ މުއްދަތަށް ހުޅުމާލޭގައި ހިންގިފައިވާ ތަމްރީން ޕްރޮގްރާމެކެވެ. މިތަމްރީން ޕްރޮގްރާމްގައި ހިމެނިގެން ވޯޓަރ ރެސްކިއު، ނިޔަމި ކަމާއި ޗާރޓްގެ މަސައްކަތް، ސީމަންޝިޕް، ނިޔަމިކަމުގައި ބޭނުންކުރާ އިކުއިޕްމަންޓްސް، އިމަރޖެންސީ ފަސްޓް އެއިޑް އަދި ރެސްކިއު ސްވިމިންގ އާއި ރެސްކިއު ޓެކްނިކްސް މިތަމްރީނުގެ ބައިވެރިންނަށް އުނގަންނައިދެވިފައިވެއެވެ. މިތަމްރީން ޕްރޮގްރާމްގައި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ 03 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
News, CG 11/06/08
މާލޭގެ ދެކުނު ފަރާތުގައި ޕޮލިސް ގަރާޖްއާއި ޖެހިގެން ހުންނަ ނީލަން މުދާ ވިއްކާ މާރުކޭޓުގައި ރޯވެ އަނދައިފިއެވެ. ރޭ 84:32 ގައި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް މިހާދިސާ ހިނގިކަމުގެ ރިޕޯރޓް ލިބުމުން 55:32 ގައި އެސަރަހައްދަށް ގޮސް ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފެއްޓުނެވެ. ރޯވެފައިވާ އަލިފާންގަނޑު ބޮޑުކަމުންނާއި ތަނުގައި ހުރި މުދަލުގެ ސަބަބުން ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ފުރަތަމަ މަސައްކަތްކުރީ އަލިފާންގަނޑު ކޮންޓްރޯލްކޮށްގެން ނިއްވުމަށެވެ. މިގޮތުން ކުރެވުނު މަސައްކަތް ރޭ 03:20 ވީއިރު ގާތްގަނޑަކަށް ރޯވެފައިވާ އަލިފާންގަނޑުގެ 58 އިންސައްތަ ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މި އަލިފާން ގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ފަތިހު 03:40 ގައެވެ. މިމަސައްކަތުގައި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް އާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ޢާއްމުންގެ ގިނަ ބަޔަކު ހަރަކާތްތެރިވެފައިވެއެވެ. މިހާދިސާ ހިނގަން ދިމާވި ސަބަބެއް މިހާރުދަނީ އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ބަލަމުންނެވެ.
News, FRS 10/06/08
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރު މިޖޫން މަހުގެ 4 ން 6 ށް ރީޔޫނިއަން އައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގަންނަވައިފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޯސްޓް ގާރޑްގެ ޑައިރެކްޓަރ ޖެނެރަލް ކާނަލް ޒަކަރިއްޔާ މަންޞޫރު ބައިވެރިވެވަޑައިގެންނެވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ރީޔޫނިއަންއަށް ކުރެއްވި މިދަތުރުފުޅަކީ ފްރާންސް ނޭވީގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ އެއްމެ މުހިންމު އެއް އަމާޒަކީ އެމް.އެން.ޑީ.އެފް ކޯސްޓް ގާރޑުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތުކަމުގައިވާ ރާއްޖޭގެ މަސްކަނޑުތައް ޙިމާޔަތްކޮށް ބެލެހެއްޓުމާއި، ކަނޑުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށްކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމާއި ބެހޭގޮތުން ފްރާންސްގެ ނޭވީ އާއި ރީޔޫނިއަންގެ މެރިޓައިމް އެފެއަރޒްގެ އިސްފަރާތްތަކާއި މަޝްވަރާކުރައްވާ، އެމް.އެން.ޑީ.އެފް ކޯސްޓް ގާރޑަށް މިދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކަށް މިހާރަށްވުރެ ހަރުދަނާ ޙައްލުތަކެއް ހޯދުމެވެ.
މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރުގެ މިދަތުރުފުޅުގައި ރީޔޫނިއަންގެ ގަވަނަރ ޕްރިފެކްޓް އޮފް ރީޔޫނިއަން ޕިއެރޭ އެންރީ މަސިއޯނީ އާއި، ރީޔޫނިއަންގައި ޤާއިމްކުރެވިފައިވާ ފްރާންސް ނޭވީ ބޭސްގެ ކޮމާންޑިންގ އޮފިސަރ ކެޕްޓަން ނިއޮގްރެޓް އަދި، ރީޔޫނިއަންގެ ޑިޕާރޓްމަންޓް އޮފް މެރިޓައިމް އެފެއަރޒްގެ ވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއެވެ.
News, OCS 09/06/08

611 ވަނަ ސިފައިންގެ ދުވަހާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އާއިލީ ހަވީރު މިއަދުގެ 00:61 ގައި ފެށިއްޖެއެވެ. ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި މި އާއިލީ ހަވީރަކީ ސިފައިންގެ އާއިލާތަކުގެ ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ބޭއްވޭ އާއިލީ ހަވީރެކެވެ. ދެދުވަހަށް ބަހާލައިގެން ބާއްވާ މިއާއިލީ ހަވީރު މިއަދާއި މާދަމާގެ ހަވީރު 00:61 ން 00:81 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި އާއިލީ ހަވީރު ގައި ސްޓޭޖް ޝޯވް ގެ އެކިއެކި ހަރަކާތްތަކާއި ތަފާތު އެކި ވައްތަރުގެ ކާރޓޫން ކެރެކްޓާރސް އަދި ކުޑަކުދިންނަށް ޚާއްޞަ ސްޓޯލްތައް ތައްޔާރު ކުރެވިފައިވެއެވެ. މިގޮތުން ބައެއް ސްޓޯލްތަކުގެ ތެރޭގައި ކޯސްޓްގާރޑް ޑިސްޕްލޭ، ފަޔަރ ޑިސްޕްލޭ، ރެޕެލިންގ، ޓްރާންސްޕޯރޓް ޑިސްޕްލޭ އަދި ޝޫޓިންގ ރޭންޖްގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ތަފާތު އެކިވައްތަރުގެ ކުޅިވަރުތައް ހިމެނެއެވެ. މިއާއިލީ ހަވީރު ބޭއްވުމުގެ އެންމެ ބޮޑުއެއް މަޤްސަދަކީ 611 ވަނަ ސިފައިންގެ ދުވަހުގެ އުފަލުގައި ސިފައިންގެ އާއިލާތަކުގެ ކުޑަކުދިން ބައިވެރިކޮށްގެން ސިފައިންގެ އާއިލާތައް އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުސަތު ދިނުމެވެ. މިއަދު ހަވީރު ބޭއްވުނު މި އާއިލީ ހަވީރުގައި ސިފައިންގެ އާއިލާތަކާއި އާއިލާތަކުގެ ކުޑަކުދިންގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބައެއް ފިލްމީތަރިންވެސް ޚާއްޞަ މެހެމާނުންގެ ގޮތުގައި ބައިވެރިވެއެވެ.
News, MPS 07/06/08

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ޔުނިޓްތަކުގެ މެދުގައި ބޭއްވޭ 70 ވަނަ އެތްލެޓިކްސް ޗެމްޕިއަންޝިޕް މިއަދު ނިމިއްޖެއެވެ. މިމުބާރާތް ނިންމުގެ ގޮތުން ކުޅިވަރު އެކުވެނި ޓްރެކް ދަނޑުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވަނަތައް ހާސިލްކުރެއްވި ފަރާތްތަކަށް ތައްޓާއި މެޑަލް އަދި ހަނދާނީލިޔުން ހަވާލު ކޮށްދެއްވީ ސިފައިންގެ ސަރުދާރު ރިޓަޔާރޑް މުޙައްމަދު އިބްރާހިމް (ކަރޯ ޅަހުއްތު) އެވެ. މިރަސްމިއްޔާތުގައި ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ރައީސް ކާނަލް އަހުމަދު މުޙައްމަދު އަދި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމް.އެން.ޑީ.އެފް 70 ވަނަ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެން ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ސިފައިންގެ އެކުވެރި ކުންފުނީގެ ޓީމެވެ. ގިންތި 30 ގެ ޗެމްޕިއަންޓީމަކަށް ހޮވިފައިވަނީ ސްޕެޝަލް ފޯސްގެ ޓީމެވެ. ގިންތި 20 ގެ ޗެމްޕިއަންޓީމަކަށް ހޮވިފައިވަނީ އެމް.އެން.ޑީ.އެފް އެޗް.ކިއުގެ ޓީމެވެ. ގިންތި 10 ގެ ޗެމްޕިއަންޓީމަކަށް ހޮވިފައިވަނީ ރީޖަނަލް ހެޑްކްއޯޓަރޒް ހުޅުލޭގެ ޓީމެވެ. އަދި އަންހެން އެންމެ މޮޅު އެތްލީޓަކަށް ހޮވިފައިވަނީ ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ޕްރައިވެޓް އަމީނާ އަލީ އެވެ. ގިންތި 30ގެ އެންމެ މޮޅު އެތޮލީޓަކަށް ހޮވިފައިވަނީ ފިޓްނަސް ސްޕޯރޓްސް ވިންގުގެ ސާޖަންޓް ހުސެއިން ރިޔާޒްއެވެ. ގިންތި 20 ގެ އެންމެ މޮޅު އެތްލީޓަކަށް ހޮވިފައިވަނީ އެމް.އެން.ޑީ.އެފް އެޗްކިޔުގެ ޕްރައިވެޓް ޔައުޤޫބް އަހުމަދުއެވެ. ގިންތި10 ގެ އެންމެ މޮޅު އެތްލީޓަކަށް ހޮވިފައިވަނީ ރީޖަނަލް ހެޑްކްއޯޓަރޒް ހުޅުލޭގެ ލާންސް ކޯޕްރަލް މުޙައްމަދު ހަމީދުއެވެ. މި ޗެމްޕިއަންޝިޕް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އެކުވެރިކަން އަލާކޮށް ހަށިހެޔޮކަމުގެ މުހިންމުކަން އަންގައިދީ އެކަމަށް ހިތްވަރުދިނުމެވެ. ޗެމްޕިއަންޝިޕް ނިމިގެންދިޔައީ ސިފައިންގެ ލަވައިންނެވެ.
News, MPS 06/06/08
8002 ޖޫން 30 ވަނަ ދުވަހުގެ ރޭ މާލެ އައުމަށް ދަތުރުކުރަނިކޮށް އެރޭގެ 05:30 ގައި މާލެ އަތޮޅު މާހަލުގެ އުތުރުފަރާތު ފަރަށް އެރި، ޅ.ނައިފަރު ނާރެސް އަލްފާޟިލް އަބްދުއްﷲ ޔޫސުފް އަލީގެ "ހުދުހުދު އެކްސްޕްރެސް" ބޯޓް ފުންކޮށްފިއެވެ. މިބޯޓް ފުންވެފައި ވަނީ އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑާއި ބޯޓްގެ ވެރިފަރާތް ގުޅިގެން ކުރި މަސައްކަތުން 8002 ޖޫން 50 ވަނަ ދުވަހުގެ 11:31 ގައެވެ. މިހާދިސާގައި ބޯޓްގެ ވައަތް ފަރާތު މެދާދިމާލުން 40 ފޫޓެއްހާ ތަން ފަޅައިގެން ގޮސްފައިވާކަމަށް ބޯޓްގެ ކެޕްޓަން މަޢުލޫމާތު ދެއްވައެވެ. މިހާރު " ހުދުހުދު އެކްސްޕްރެސް " ބޯޓް ވަނީ 20 ޕަންޕުގެ އެހީގައި " އުލާން ބާޓަރ " ކިޔާ ޓަގެއްގައި ކަފުގައި ޖަހައިގެން 8002 ޖޫން 50 ވަނަ ދުވަހުގެ 00:91 ގައި ކ.އަތޮޅު ގުޅީ ފަޅަށް ވައްދާފައެވެ.
News, CG 06/06/08

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ޔުނިޓްތަކުގެ މެދުގައި ބޭއްވޭ 70 ވަނަ އެތްލެޓިކްސް ޗެމްޕިއަންޝިޕް މިއަދު ފެށިއްޖެއެވެ. މިމުބާރާތް ފެއްޓުމުގެ ގޮތުން ކުޅިވަރު އެކުވެނި ޓްރެކް ދަނޑުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިފައިންގެ ސަރުދާރު ރިޓަޔާރޑް މުޙައްމަދު އިބްރާހިމް (ކަރޯ ޅަހުއްތު) އެވެ. މިރަސްމިއްޔާތު ފެށިގެން ދިޔައީ މި ޗެމްޕިއަންޝިޕްގެ ބައިވެރިންްނާއި މިދިޔައަހަރުގެ ޗެމްޕިއަން ޓީމް ތައްޓާއި އެކު ދުވަފައި އައިސް ޓްރެކްދަނޑަށްް ވަނުމުންނެވެ. މިރަސްމިއްޔާތުގައި އެތުލެޓިކުސް އެސޯސިއޭޝަންގެ ޗެއާމަން މައިޒާން އަލިމަނިކު އާއި ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ރައީސް ކާނަލް އަހުމަދު މުޙައްމަދުު އަދި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މުބާރާތް ފެއްޓުމުގެ ގޮތުން ބޭއްވުނު ސިފައިންގެ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންގެ ދެ ޝިފްޓްގެ ސްވިޑިޝް ރިލޭ އިވެންޓް ފެއްޓުމަށް، އެ ޓީމްތަކަށް ޝަރަފްވެރި މެހެމާން ބެޓްން ހަވާލުކޮށްދެއްވިއެވެ. މި ޗެމްޕިއަންޝިޕް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އެކުވެރިކަން އަލާކޮށް ހަށިހެޔޮކަމުގެ މުހިންމުކަން އަންގައިދީ އެކަމަށް ހިތްވަރުދިނުމެވެ. ތިންގިންތިއަކަށް ކުރިއަށްދާ މިޗެމްޕިއަންޝިޕްގައިި ހިމެނެނީ އިންޑިވިޖުއަލް އަދި ރިލޭގެ އިވެންޓްތަކާއި ޝޮޓް ޕުޓް އަދި ލޯންގް ޖަމްޕް ފަދަ އިވެންޓްތަކެވެ. އެމް.އެން.ޑީ.އެފް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ އަހަރީދުވަސް ފާހަގަ ކުރުމުގެ ގޮތުން ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ބޭއްވޭ މި އެތްލެޓިކްސް ޗެމްޕިއަންޝިޕް މިމަހުގެ 50 އަދި 60 މި ދެ ދުވަހު ކުޅިވަރު އެކުވެނި ޓްރެކްދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި މި ޗެމްޕިއަންޝިޕްގެ ބައެއް އިވެންޓްތައް މިއަދު ވަނީ ކުރިއަށް ގެންދެވިފައެވެ.
News, MPS 05/06/08